ފުލުހުންގެ މުސާރަ 15 އަހަރު ފަހުން 35 އިންސައްތަ ބޮޑުކޮށްފިއެވެ.

ފުލުހުންގެ ތަރުޖަމާނު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވަނީ އެކްސް ކުރެއްވި ޕޯސްޓެއްގައި އެކަން ކަށަވަރުކޮށްދެއްވާފައެވެ.

ޝިފާން ވިދާޅުވީ އާ މުސާރައިގެ އޮނިގަނޑުގައި ހިމެނެނީ ބޭސިކް ސެލެރީގެ އިތުރުން، މަގާމުގެ އެލަވަންސް، ޖޮބް އެލަވަންސް އަދި ކުރާ މަސައްކަތާއި ގުޅޭގޮތުން ދެވޭ އެލަވަންސެއް ކަމަށެވެ.

''މިއީ 2009 ވަނަ އަހަރުގެ ފަހުން އަސާސީ މުސާރާއާއި އެކު ފުލުހުންގެ މުސާރަ ބޮޑު ކުރެވުނު ފުރަތަމަ ފަހަރު. މުސާރަ އޮނިގަނޑު ޒަމާނީކޮށް ފުލުހުންކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އެލަވަންސް ތަޢާރަފް ކުރުމުގެ ގޮތުން ކުރިންދެމުންއައި އެލަވަންސްތަކަށް ބަދަލުގެނެވިފައިވާނެ" .
ޝިފާން ވިދާޅުވިއެވެ

ޝިފާން އިތުރަށް ވިދާޅުވީ މުސާރަ އޮނިގަނޑު ޒަމާނީކޮށް ފުލުހުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އެލަވަންސް ތައާރަފް ކުރުމުގެ ގޮތުން ކުރިންދެމުންއައި އެލަވަންސް ތަކަށް ބަދަލުގެނެވިފައި ވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކޮށްދިނުމަށް ވައުދުވެވަޑައިގެންފައެވެ.