ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ އެ ދަކަނބަލުން ރޭ އެ ގައުމަށް ކުރެއްވި މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ.

ނަމަވެސް މި ދަތުރުފުޅާ ބެހޭ އެއްވެސް ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

މިއީ ރައީސް ޑރ. މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ސިންގަޕޫރަށް ކުރައްވާ ދެވަނަ ނުރަސްމީ ދަތުރުފުޅެެވެ.