ބައިނަލްއަގުވާމީ ރަހްމަތެރި ކަމުގެ މެޗެއްގައި ދެކުނު އެމެރިކާ ބައްރުގެ ކޮލަމްބިއާ އަތުން މަޝްހޫރު ސްޕެއިން 1-0 އިން ރޭ ބަލިވެއްޖެއެވެ.
އިނގިރޭސިވިލާތުގެ ކްއީން އެލިޒަބު އޮލިމްޕިކް ޕާކުގައި ބިނާ ކޮށްފައިވާ "ލަންޑޮން ސްޓޭޑިއަމް" ކުޅުނު މިމެޗުގައި ސްޕެއިން ކޮޅަށް ކޮލަމްބިއާގެ ލަނޑު ކާމިޔާބު ކޮށްދިނީ އިނގިރޭސި ޕްރިމިއަރ ލީގުގެ ކްރިސްޓަލް ޕެލަސްއަށް ކުޅެމުން އަންނަ ވިންގަރ ޑެނިއެލް މުނޯޒްއެވެ.
މިމެޗުގެ ފުރަތަމަ އެގާރައަށް ސްޕެއިނުން ޒުވާން ގިނަ ކުޅުންތެރިންނަށް ފުރުސަތުދިންއިރު ކޮލަމްބިއާއިން ނެރެފައިވަނީ ވަރުގަދަ ޓީމެކެވެ. ދެގައުމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ސްޕެއިނަށް ކޮލަމްބިއާ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ އެންމެ 3 ހަމަލާއެވެ. ކޮލަމްބިއާއިން 5 ހަމަލާ ސްޕެއިނުގެ ގޯލަށް އަމާޒު ކުރިއެވެ.
މެޗުގެ އުސްއަލިތަކުގެ ލިންކް:
ސްޕެއިނުން މިމަހުގެ 27 ވަނަ ދުވަހުވެސް އެކުވެރިކަމުގެ މެޗެއް ކުޅޭނެއެވެ. މިމެޗުގައި ސްޕެއިނުން ނިކުންނާނީ ވަރުގަދަ ބްރެޒިލާ ދެކޮޅަށެވެ. ބްރެޒިލް އާއި އިނގިރޭސިން އެކުވެރިކަމުގެ ފޯރިގަދަ ކުރިމަތިލުމަކަށް މިރޭ ނިކުންނާނެއެވެ.