ބޭނުންވާ ތަކެތި:
- 2 މޭޒު މަތީ ސަމުސާ ބަޓަރ
- 2 މޭޒުމަތީ ސަމުސާ ފުށް
- 1 ޖޯޑު ދިޔާ ކިރު
- 1/4 ސައި ސަމުސާ ލޮނު
- ކުޑަ ވައިޓް ޕެޕަރ ކޮޅެއް
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ތަވާ އުނދުން މައްޗަށް އުދާލާށެވެ. އަދި މަޑު ގިނީގައި ބަހައްޓައިގެން ބަޓަރު ކޮޅު ދިޔާކޮށްލާށެވެ.
ދެން ފުށްކޮޅު އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ.
އޭގެފަހުގައި ކިރާއި އަސޭމިރުސް އަދި ލޮނު އެއްކޮށްލާފައި ވަރަށް މަޑު ގިނީގައި ދޭފަތުން ހަލަމުން 1 މިނިޓް ވަރު ކައްކާލާށެވެ.
މި ބާތަގެ ވައިޓް ސޯސްވެސް ވަރަށް ގިނަ ގޮތް ގޮތަށް ތައްޔާރު ކުރެއެވެ.