ރަޝިޔާގެ މޮސްކޯގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ރަޝިޔާގެ ރައީސް ވްލާޑިމިރް ޕޫޓިންއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

އެމަނިކުފާނުގެ މެސެޖުގައި ސަތޭކައަށްވުރެ ގިނަ މީހުން މަރުވެ އެތައް ބަޔަކު ޒަހަމުވި މި ނުރައްކާތެރި ހާދިސާއާ ގުޅިގެން ކުއްލި ހައިރާންކަމެއް ލިބިވަޑައިގެންނެވިކަން ބަޔާންކުރައްވާފައިވެއެވެ.

އެ މެސެޖްގައި، ޓެރަރިޒަމްގެ މިފަދަ ފިނޑި އަމަލުތައް، އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާ ކަމުގައި ވިދާޅުވެ، ހުރިހާ ބާވަތެއްގެ ޓެރަރިޒަމްގެ އަމަލުތައް ކުށްވެރިކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެކަން ފާހަގަކުރައްވާފައިވެއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން، ރަޝިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް، އަދި މި ހާދިސާގެ އަސަރުކުރި ހުރިހާ އާއިލާތަކަށް އިހުލާސްތެރި ތައުޒިޔާ ފޮނުއްވަމުންނެވެ.

ޚަބަރު: ރައީސް އޮފީސް