މާފުށިން މިރޭ ނިޔާވި އުމުރުން 25 އަހަރުގެ ފާތިމަތު ލަމްހާއަކީ މާބަނޑު މީހެއްކަން "ހަލިނިއުސް" އަށް ކަށަވަރު ވެއްޖެއެވެ.

މާފުށިން ވާހަކަ ދެއްކި މީހަކު ބުނީ ލަމްހާގެ ބަނޑަށް 5 މަސް ކަމަށާއި ނިޔާވީ ރޯގާ ޖެހިގެން އެކަމަށް ފަރުވާ ހޯދަމުން އަންނަނިކޮށް ކަމަށެވެ. މީގެ ހަފްތާއެއްހައި ދުވަސް ކުރިން އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްޗް) ގައި ލަމްހާ އެޑްމިޓް ކޮށްގެންވެސް ފަރުވާދިން ކަމަށް މާފުށިން ހަލި ނޫހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

މާފުށިން 2014 ވަނަ އަހަރުވެސް މާބަނޑު އަންހެނަކު ނިޔާވިއެވެ. އެފަހަރު މާބަނޑު މީހާ ނިޔާވީ އެއްމާބަނޑު ދެކުދިންނަށް ބަލިވެ އިންދައެވެ.