ހުޅުމާލެ ހިޔާ ސަރަހައްދުގައި ނަސާރާ ދީން ފަތުރަން އުޅުނު ދެ އަންހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ހިޔާ ފްލެޓްތަކުގެ މެއިލް ބޮކްސްތަކަށް ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާ ހިލާފު ލިޔުންތަކެއް އެޅި މައްސަލައަކާ ގުޅިގެން 2 އަންހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެ މީހުން ގެންގުޅުނީ ދިވެހި ބަހަށް ތަރުޖަމާކޮށްފައިވާ ނަސާރާދީނުގެ ވެބްސައިޓު ތަކެއްގެ ލިންކު ހިމެނޭ ބިޒްނަސް ކާޑުތަކެކެވެ.

އަދި މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޖަރުމަނަށް ނިސްބަތްވާ ދެ އަންހެނުން ކަމަށާއި އެމީހުން ރާއްޖެ އައިސްފައިވަނީ ޓޫރިސްޓް ވިސާގައި ކަމަށްވެސް ފުލުހުން މައުލޫމާތުދީފައި ވެއެވެ.