ކުޅުދުއްފުށި ސިޓީ މަގުހެދުމުގެ މަޝްރޫއުގެ ދަށުން މިވަގުތު ކުރިއަށްދަނީ ފަރީދީ މަގުގައި ތާރު އެޅުމުގެ މަސައްކަތްކަމަށް އެ މަޝްރޫއު ހިންގަމުން އަންނަ ކުންފުނި ކަމުގައިވާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ން ވިދާޅުވެއްޖެއެވެ.

އެ ކޯޕަރޭޝަނުން އިތުރަށް ވިދާޅުވީ އެ ރަށުގެ ދަނޑުމަގުގައި ކީވޯލް ކޮންސްޓްރަކްޝަންގެ މަސައްކަތްވެސް އަންނަނީ ކުރަމުން ކަމަށެވެ.

މި މަޝްރޫއުގެ މަސައްކަތް ފެށުނީ 10 ޖޫން 2021 ގައިއެވެ. މި މަޝްރޫއަކީ 100,700,048.55 ރުފިޔާގެ މަޝްރޫއެކެވެ.