ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ރޭ ފަތިހުގެ ވަގުތެއްގައި ފުލުހުން ކުރި އިއުލާނުގައި ގެއްލިގެން ހޯދަނީ ރ. އިނގުރައިދޫ، ކަނބުރުގެ، ޢާއިޝަތު ޒީވާ ސަޢީދު 13، އެވެ.

ފުލުހުން ބުނީ ޒީވާ ހޯދުމަށް އިއުލާންކުރިފަހުން ފެނިފައިވަނީ މާލެއިން ކަމަށާއި އޭނާގެ ހާލު ރަނގަޅުކަމަށެވެ.

ޒީވާ ގެއްލިގެން އާއިލާއިން ފުލުހަށް ރިޕޯޓުކޮށްފައިވަނީ، ރޭ 18:00ހާއިރުއެވެ.