މާލެގައި ކުޑައީދު ކުލަގަދަކޮށް ފާހަގަކުރަން ސިޓީ ކައުންސިލުން ނިންމައިފިއެވެ.
އެ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ސާދަ އެންޓަޓެއިންމަންޓާއި މާލޭ ސިޓީ ކައުންސިލްއާއި އިތުރު ކުންފުނިތައް ގުޅިގެން މިއަހަރުގެ ފިތުރު އީދު ދުވަހު މާލޭގައި ވަރަށް ތަފާތު ކުލަގަދަ ހަރަކާތްތަކެއް ބޭއްވުމަށްވަނީ ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މަގޭ އީދު" ގެ ނަމުގައި ކުރިއަށް ގެންދާ އީދު ދުވަހު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ހަރަކާތްތަކުގެ ތެރޭގައި:
- ފެންކުޅުން: ހެނދުނު 09:00 ގައި ރަސްފަންނުގައި
- ބޮޑުމަހާއި މާލި ޕެރޭޑް: ހަވީރު 16:00 ގައި އޮލިމްޕަސް ކުރިމަތިން
- ސްޓޭޖް ޝޯ: ރޭގަނޑު 20:30 ގައި އާޓިފިޝަލް ބީޗުގައި
- ހަވާ އެރުވުން: ރޭގަނޑު 22:00 ގައި އާޓިފިޝަލް ބީޗު ސަރަހައްދުގައި
މީގެއިތުރުން ސަރުކާރުންވެސް ވަނީ ކުޑަ އީދު ފާހަގަކުރުމަށް މުޅި ރާއްޖެ ގިޑިގެތަކުން ދިއްލާލަން ނިންމައި އެ މަސައްކަތްކުރަން ކުރަން ފަށާފައެވެ. ހަމައެއާއެކު ސަރުކާރުން ވަނީ މިއަހަރުގެ އީދުދުވަހުވެސް، ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް މާލޭގައި ވެހިކަލް ދުއްވުން މަނާ ކޮށްފައެވެ.
އަދި އެ ވަގުތު ހާއްސަކޮށްފައި ވަނީ ފައިމަގުގައި އުޅޭ ވަގުތުގެ ގޮތުގައެވެ.