ވިލިގިލީގެ ތަރައްގީއަށް ކެނޑިޑޭޓް ނަންބަރު 1، ޔަޒްމީދު ހޮއްވަވަން ޖެހޭ ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ވިލިނގިލީ ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓު ޔަޒްމީދު އަހުމަދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މީގެއިތުރުން ރައީސް ވިދާޅުވީ ޕީއެންސީ ޕްރައިމަރީ ކާމިޔާބު ކޮށްފައިވާ ކެންޑިޑޭޓުން ތިބި ދާއިރާތަކުގައި، ޕާޓީތެރެއިން އެހެން ބޭފުޅުން ނިކުމެ މަޖިލީހުގެ ގޮނޑިއަށް ކުރިމަތިލުމުން ސަރުކާރަށް ޔަގީންވެފައިވާ ގޮނޑިތަށް ގެއްލިދާނެ ކަމަށެވެ. އަދި މަޖިލީހުގައި ވިލިގިލީގެ ގޮނޑި އެމްޑީޕީއަށް ދޫކޮށްލުމަކީ ރައްޔިތުންގެ އަތުގައި އޮތް ކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ. އަދި ޔަޒްމީދު ނުހޮވިދާނެ ފަދަ އެއްވެސް ކަމެއް ނުކުރެއްވުމަށް ރައީސް ވަނީ ނަސޭހަތްތެރިވެފައެވެ.

މީގެއިތުރުން ރޭ ހުޅުމާލޭގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ މިފަހަރު މަޖިލީހުގެ މެޖޯރިޓީ އިނދިކޮޅު ޕާޓީއަށް ދިނުމަކީ މާލޭރައްޔިތުން އަމިއްލައަށް މަގުމަތިންވުން ފަދަ ކަމެއް ކަމަށެވެ.