ބީޖީ ފުޓްސަލް ޗެލެންޖް 2024 ގެ ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.

ބީޖީ ފުޓްސަލް ޗެލެންޖްގެ ފައިނަލުގައި އާރްޑީއެލް އާއި ޖޭޖޭ ސްޕޯޓްސް ކްލަބު ކުޅުނު ވާދަވެރި މެޗު ނައިބު ރައީސް ވަނީ ބައްލަވާލައްވާފައެވެ. ވާދަވެރި ކަމާއެކު ކުޅުނު ފައިނަލު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހާސިލު ކުރީ ޖޭޖޭ ސްޕޯޓްސް ކްލަބެވެ. ޖޭޖޭ ސްޕޯޓްސް ކްލަބު ފައިނަލު ކާމިޔާބު ކުރީ 2-1 އިން އާރްޑީއެލް މައްޗަށް ކުރި ހޯދައިގެންނެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ބީޖީ ފުޓްސަލް ޗެލެންޖްގެ ފައިނަލަށް ފަހު އޮތް ނިންމުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ މުބާރާތުގެ އެކި ވަނަވަނަތަކަށް ދިޔަ ޓީމު ތަކަށް އިނާމުތައް ހަވާލުކޮށްދީފައެވެ

ފައިނަލަށްފަހު މުބާރާތުގެ ވަނަތަކަށް ދިޔަ ޓީމުތަކަށް އިނާމު ދިނުމަށް ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް މުހައްމަދު ލަތީފު ވަނީ އެއްވަނައަށް ދިޔަ ޖޭޖޭ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިންނަށް މެޑަލާއި 40,000 ރުފިޔާގެ ފައިސާގެ އިނާމު ހަވާލުކޮށްދެއްވާފައެވެ.

މުބާރާތުގެ ރަނާރ އަޕް އަށް ދިޔަ އާރްޑީއެލްއަށް ލިބިފައިވަނީ މެޑަލާއި 10,000 ރުފިޔަލުގެ ފައިސާގެ އިނާމެކެވެ.