ގއ. ކޮލަމާފުށި ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފި ކަމަށް އެ މަސައްކަތް ކުރަމުންދާ ކުންފުނި ކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، 284,145 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި 823 މީޓަރުގެ ސަރަޙައްދެއްގައި ޑްރެއިނޭޖް ބަޔޯސްވޭލްއެއް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

ސަރުކާރުގެ މި މަޝްރޫއަކީ 41.04 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.