ތިރީހާ އިންސްޓިޓިއުޓުން އިންތިޒާމުކޮށްގެން ބޭއްވި ތިރީހާ ރަންތަރި ގުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މިރަސްމިއްޔާތު ބާއްވާފައި ވަނީ ރޭ އިސްލާމިކް ޔުނިވަރސިޓީގެ ހޯލުގައެވެ.
މި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ވަނީ ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ހިތުން ކިޔެވުމުގެ ގޮފީގެ އެއްވަނަ ދެވަނަ އަދި ތިންވަނަ ހާސިލުކުރި ދަރިވަރުންނާއި އަދި މުޅި މުބާރާތު އެއްވަނަ ދެވަނަ އަދި ތިންވަނަ ހާސިލުކުރި ދަރިވަރުންނަށް އިނާމާއި ތަށި ހަވާލުކޮށްދެއްވާފައެވެ.
އެކި އުމުރުފުރާތަކަށް ބަހާލައިގެން ކުރިޔަށްގެންދިޔަ މި މުބާރާތަކީ ތިރީހާ އިންސްޓިޓިއުޓްގައި ކިޔަވަމުންދާ ދަރިވަރުންނަށް އަމާޒުކޮށް ބޭއްވި މުބާރާތެކެވެ.
މި މުބާރާތުގައި ޖުމްލަ 1500 ދަރިވަރުން ވާދަކޮށްފައިވެއެވެ.