ސަން ޓްރެވަލްސް ކުންފުުނީގެ ބޭންކް އެކައުންޓްތައް ފްރީޒްކުރަން ސިވިލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

ސަން ޓްރެވެލްސް ކުންފުނީގެ އެކައުންޓްތައް ފްރީޒްކުރަން ސިވިލް ކޯޓުން މިމަހުގެ ކުރީކޮޅު ވަނީ އަމުރެއް ނެރެފައެވެ. ސިވިލް ކޯޓުން އެއަމުރު ނެރެފައިވަނީ އެ ކުންފުންޏާ ދެކޮޅަށް ހިލްޓަން އިންޓަރނޭޝަނަލްއިން ހުށަހަޅާފައިވާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެންނެވެ.

ހިލްޓަން ކުންފުނިން ސަން ޓްރެވަލްސްއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅީ ނ. އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން 2013 ގައި ބާތިލްކުރި މައްސަލާގައި އެކުންފުންޏަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރު އާބިޓްރޭޝަނުން ސަން ޓްރެވަލްސްގެ މައްޗަށް އެންގި އެންގުން ތަންފީޒު ކުރުމުގެ މައްސަލަ އެވެ.

2017ވަނަ އަހަރު ސިވިލް ކޯޓުންް ވަނީ ސަން ޓްރެވަލްސްއަށް 16 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ހިލްޓަންގެ މައްޗަށް ކުރި ހުކުމް ދާދި ފަހުން ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ ސަން ޓްރެވަލްސް ކުންފުނީގެ އެކައުންޓްތައް ފްރީޒް ކުރުމަށާއި އެކައުންޓްތަކުގެ ތަފްސީލުތައް ކޯޓަށް ފޮނުވަން ސިވިލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފް ކުރަން ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައިގަތް ކަން ނުވަތަ ނޫންކަން އަންގާފައެެއް ނުވެ އެވެ.