ރޭސިންގ އަދި ޑްރިފްޓް ސްޕޯޓްސް އެރީނާއެއް ތަރައްގީކުރުމަށް މިނިސްޓްރީ އޮފް ސްޕޯރޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަން އާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެގޮތުން މި އެއްބަސް ވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ސްޕޯރޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަންގެ ފަރާތުން މިނިސްޓަރ އަބްދުﷲ ރާފިއު އަދި އެޗްޑީސީ ގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ.

އެޗްްޑީސީން ވިދާޅުވީ މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ މޮޓޯރ ސްޕޯރޓްސްއަށް އެކަށޭނެ ސަރަހައްދެއް ތަރައްގީކުރެވިފައި ނުވާތީ ދިމާވާ ދަތިތަކަށް ހައްލުހޯދައިދިނުން ކަމަށެވެ.

މީގެއިތުރުން ރޭސިންގ އަދި ޑްރިފްޓް ސްޕޯރޓްސް އެރީނަ ތަރައްގީކުރުމުން ރައްކާތެރި ގޮތެއްގައި މޮޓޯރ ސްޕޯރޓްސް ގެ ހަރަކަތްތައް ކުރިއަށް ގެންދިއުމުގެފުރުސަތު ލިބިގެންދާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ވިދާޅުވެފައިވެއެވެ.

އެޗްޑީސީން ވިދާޅުވީ ޒުވާނުންނަށް ތަފާތު ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދީ، ހުނަރު ތަރައްގީ ކުރުމަށް އެހީތެރިވުމަކީ އެ ކޯޕަރޭޝުން އަބަދުވެސް އިސްކަން ދޭ ކަމެއްކަމަށެވެ.