އައްޑޫ ސިޓީ ހިތަދޫގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ އޮފީހެއް މިއަދު ހުޅުވައިފި ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

އެ ކޯޕަރޭޝަނުން ވިދާޅުވިގޮތުގައި އެ އޮފީސް ހުޅުވައިދެއްވީ އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދެވެ.

އާރްޑީސީން އިތުރަށް ވިދާޅުވީ މިއީ މި ސަރުކާރުން އައްޑޫގެ ތަރައްގީއަށް ހިންގާ މަޝްރޫއުތަކުގެ ތެރޭއިން އެ ކޯޕަރޭޝަނާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ފަސޭހަޔަކަށް ހުޅުވި އޮފީހެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި މި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓ) އަލީ ޒުހައިރާއި ކޯޕަރޭޝަންގެ އިސްވެރިނާއި ސަރުކާރު އިދާރާތަކުގެ އިސްވެރިންނާއި އައްޑޫ ސިޓީގެ ކަމުވޮށިގެންވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.