މިއަދު ކުރިއަށްދާ ވިހިވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވޯޓު ލައްވައިފިއެވެ.
އެކަމަނާ ވޯޓުލައްވާފައި ވަނީ އަމީނިއްޔާ ސްކޫލުގައި ހުރި މައްޗައްގޯޅި މެދު ދާއިރާގެ ފޮއްޓަށެެވެ.
މެޑަމް ސާޖިދާގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒާއި ދަރިކަނބަލުން ޔާސްމީން މުހައްމަދު މުއިއްޒުވެސް ވަނީ ވެސް ވަނީ ތާޖުއްދީން ސްކޫލަށް ވަޑައިގެން ވޯޓުލައްވާފައެވެ.
ވިހި ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ވޯޓްލުން މިއަދު ހެނދުނު 8:00 ގައި ފަށައިފިއެވެ.
އިލެކްޝަން ކޮމިޝަނުން ހާމަ ކުރައްވާފައިވާ ގޮތުގައި ވޯޓް ލުން ކުރިއަށްދާނީ މިއަދު ހަވީރު 17:30 އަށެވެ.
މިފަހަރުގެ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަަށް މެމްބަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ނުވަދިހަ ތިން ދާއިރާއަށް 368 ކެންޑިޑޭޓުން ވާދަ ކުރާކަން ފާހަގަ ކޮށްލެވެއެވެ.