ޣައްޒާގެ ރަފަޙަ އަށް ވަނުމުގެ މަސައްކަތް ފަށާފައިވާ ކަމުގައި އިސްރާއީލުގެ މަސްއޫލު ވެރިޔަކު ހާމަކޮށްފިއެވެ. އަލްޖަޒީރާ އަށް ދިން ބަސްދީ ގަތުމެއްގައި އޭނާ ހާމަކުރި ގޮތުގައި، ރަފަޙަ ސަރަޙައްދަށް އެއްގަމު މަގުން ވަނުމުގެ އަމުރު އަދި ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ވަނުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންދާ ކަމުގައެވެ. އެގޮތުން ދެމުންގެންދާ ވައިގެ ޙަމަލާ އަށް އިޝާރާތް ކޮށްފައިވެއެވެ.

އިތުރަށް އޭނާ ހާމަކުރި ގޮތުގައި މީގެކުރިން ވެސް އިސްރާއީލުގެ ވެރިން ބުނަމުން ދާ ގޮތަށް ރަފަޙައަށް އަރާނެ ކަމަށާއި، ނަމަވެސް އަދި އެ އަމުރު އިސްރާއީލުގެ އިސްވެރިންގެ ފަރާތުން ލިބިފައި ނުވާ ކަމުގައެވެ. ރަފަޙަ އަކީ ފަލަޞްޠީނުގެ ޣާއްޒާގެ ސަރަޙައްދާއި، އިޞްރާއި ގުޅޭ ސަރަޙައްދެވެ. މި ސަރަޙައްދަކީ ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ޟަރޫރީ ސާމާނު އެއްގަމު މަގުން އެތެރެކުރާ ހަމަ އެކަނި ސަރަޙައްދެވެ. އަދި ޣައްޒާއަށް އިޒްރާއީލުން ޙަމަލާ ދޭން ފެށިފަހުން އެ ސިޓީގެ އެހެނިހެން ސަރަޙައްދުތަކުން އައި ރައްޔިތުން، މި ސަރަޙައްދު ގައި މިހާރުވެސް 1.5 މިލިއަނަށް ވުރެ ގިނަ ރައްޔިތުން އިސްރާއީލުގެ ޙަމަލާތަކުން ރައްކާތެރިކަން ހޯދަމުން ގެންދާ ސަރަޙައްދެވެ. އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި، އަންހެނުންނެވެ.

ރައްޔިތުން ރަފަޙަ ސަރަޙައްދުގެ މަގުމަތީގަ އާއި، ހަނަފަސް ތަންތަނުގައި ރައްކާތެރިކަން ހޯދަމުން ގެންދާ އިރު އިސްރާއީލުން ކޮންމެ ދުވަހަކު ވެސް ވައިގެ މަގުން ޙަމަލާތައް ދެމުން ގެންދެއެވެ. މި ޙަމަލާތަކުގައި އެ ސަރަޙައްދުގައި ހުންނަ ހޮސްޕިޓަލްތަކާއި، ސުކޫލު ފަދަ ތަންތަން ވެސް ސުންނާފަތި ކުރަމުން ގެންދެއެވެ. ވައިގެ މަގުން ދެމުންގެންދާ މި ޙަމާތައް ކުރިއަށް ގެންދާނޭ ކަމުގައި އަލްޖަޒީރާ އަށް މަޢުލޫމާތު ދިން މަސްއޫލުވެރިޔާ ހާމަކޮށްފައި ވެއެވެ.

ފަލަޞްޠީނުގެ މީޑިއާ އަކުން ރޭ ހާމަކޮށްފައިވާ ގޮތުގައި ރަފަޙަ އަށް އެއްގަމު މަގުން ޙަމަލާ ދިނުމުގެ ފެހި ސިގުނަލް މިޞްރުން ވަނީ އިޒްރޭލަށް ދީފައެވެ. ނަމަވެސް މިޚަބަރުގައި އެ ސިގުނަލް ދީފައި ވަނީ ކިހިނެއް ކަމެއް، ކޮން ވަގުތެއްގައި ކަން ހާމަކޮށްފައި ނުވެއެވެ.