އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން ބުނީ މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:
- މާފަންނު ޕޮލިސް ސްޓޭޝަން:
- މާރިޗު 16 ވަނަ ދުވަހު އިއްޒުއްދީން މަގުން ހޮވައިގެން ގެނެސްފައިވާ ސިމެންތި ބަސްތާތަކެއް. އިންސިޑެންޓް ނަންބަރު 591319
- މާރިޗު 31 ވަނަ ދުވަހު ޓީޖެޓީ ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ދަގަނޑުތަކެއް. އިންސިޑެންޓް ނަންބަރު 592863
- އެޕްރީލް 4 ވަނަ ދުވަހު މ. ސަމަންދަރުގެ ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ މައިލޯ ދަޅު ކޭހެއް. އިންސިޑެންޓް ނަންބަރު 594068
ފުލުހުން ވަނީ މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމަށާއި އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދިފައެވެ.
- ގަލޮޅު ޕޮލިސް ސްޓޭޝަން:
- އެޕްރީލް 2 ވަނަ ދުވަހު އެކުވެނި ޓްރެކް ކައިރިން ހޮވައިގެން ގެނެސްފައިވާ ވޮލެޓެއް. (ވޮލެޓުގައި: 3000 ރުފިޔާ އާއި ބީއެމްއެލް ކާޑެއް) އިންސިޑެންޓް ނަންބަރު 593273
- އެޕްރީލް 17 ވަނަ ދުވަހު ޗާންދަނީ މަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެެލެވޭ، ކާރު ބެޓެރިއެއް. އިންސިޑެންޓް ނަންބަރު 594831
މި ތަކެތީގެވެސް ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމަށާއި އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށްވެސް ފުލުހުން އެދިފައިވެއެވެ. އެދެމެވެ.
- ހެންވޭރު ޕޮލިސް ސްޓޭޝަން:
- މާރިޗު 30 ވަނަ ދުވަހު ސައުދީ އެމްބަސީ ކައިރިން ހޮވައިގެން ގެނެސްފައިވާ ސެމްސަންގ ބްރޭންޑުގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 592935
- އެޕްރީލް 7 ވަނަ ދުވަހު 1 ނަންބަރު ފާލަން ކައިރިން ހޮވައިގެން ގެނެސްފައިވާ އެޕަލް ވޮޗް ސީރީސް 2 (42އެމްއެމް) ގަޑިއެއް. އިންސިޑެންޓް ނަންބަރު 593769
- އެޕްރީލް 9 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު، ބީއެމްއެލް ކައިރިން ހޮވައިގެން ގެނެސްފައިވާ 500 ރުފިޔާ. އިންސިޑެންޓް ނަންބަރު 594014
- އެޕްރީލް 15 ވަނަ ދުވަހު 1 ނަންބަރު ފާލަން ކައިރިން ހޮވައިގެން ގެނެސްފައިވާ ވަޔަލެއް ސްޕީކަރެއް. އިންސިޑެންޓް ނަންބަރު 594655
ފުލުހުން ބުނީ މި ތަކެތީގެ ވެރިފަރާތުން 9400053 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމަށެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށްވެސް ފުލުހުން ބުންޏެވެ.
- ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން:
- މާރިޗު 14 ވަނަ ދުވަހު އެޗް5 ކައިރިން ހޮވައިގެން ގެނެސްފައިވާ ކަރަންޓު ނަރުތަކެއް. އިންސިޑެންޓް ނަންބަރު 591053
- މާރިޗު 21 ވަނަ ދުވަހު ޓެކްސީއަކުން ހޮވައިގެން ގެނެސްފައިވާ ރަން ފަށެއް. އިންސިޑެންޓް ނަންބަރު 591857
- މާރިޗު 22 ވަނަ ދުވަހު އެޗް12 ކައިރިން ހޮވައިގެން ގެނެސްފައިވާ ކަޅުކުލައިގެ އައިފޯނެއް. އިންސިޑެންޓް ނަންބަރު 592047
- އެޕްރީލް 3 ވަނަ ދުވަހު އެޗް3 ކައިރިން ހޮވައިގެން ގެނެސްފައިވާ 2500 ރުފިޔާ. އިންސިޑެންޓް ނަންބަރު 593312
މި ތަކެތީގެވެސް ވެރިފަރާތުން 9393351 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމުގެ އިތުރުން އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.