މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްްޗެއްް ހުރި ބުލެޓްތަކެއް ހަށިގަނޑު ތެރޭ ފޮރުވައިގެން އުޅުނު މީހެއްގެ ހާލު ސީރިއަސް ވެގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން ބުނީ، އެ މީހާއަކީ ރޭ މާލެ ތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް އޭނާގެ ހަށިގަނޑުގެ ތެރޭގައި ޑުރަގް ފޮރުވައިގެން ހުރި ކަމަށް ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއްކަމަށެވެ.
އަދި ހާލު ސީރިއަސް ވެގެން ފަރުވާ ދެމުން އަންނަނީ ދިވެހި ފިރިހެނަކަށް ކަމަށްވެސް ފުލުހުން ބުންޏެވެ.
މީގެއިތުރުން އެ މީހާ އައިޖީއެމްއެޗް އަށް ގެންގޮސް އޭނާގެ އާއިލާއަށް އެކަމުގެ މައުލޫމާތު މިހާރު ހިއްސާ ކޮށްފައިވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުން ކަމަށެވެ.
ނަމަވެސް އޭނާ ދިރުވާލައިގެން އުޅުނީ ކިތައް ޑުރަގް ބުލެޓް ކަމެއް އަދި އެއީ ކިހާ އުމުރެއްގެ މީހެއް ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.