ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ އެންމެ ދެކުނަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

މި ސަމާލު ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން ސ. އަތޮޅާއި ހަމައަށެވެ. މި ސަމާލު ނެރެފައިވަނީ ހެނދުނު 06:45 އިން ފެށިގެން ހެނދުނު 10:45 އާއި ދެމެދުގެ ވަގުތަށެވެ.

މި ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ.

މީގެއިތުރުން މީގެ ސާދަ ގަޑިއިރު ކުރިންވެސް މެޓުން ވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރައްވާ ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފައެވެ.