ޣައްޒާގައި މިހާރު ހިންގަމުން ދާ ހަނގުރާމާ އަށް 200 ދުވަސް ވުން ޙަމާސް އިން ފާހަގަ ކޮށްފިއެވެ. އެ ޖަމާޢަތުގެ ޢަސްކަރީ ތަރުޖަމާން އަބޫ ޢުބައިދާ ނެރުނު ބަޔާނުގައި ހާމަކޮށްފައި ވަނީ އިޒްރާއީލުގެ ލަނޑުދަނޑި ޙާޞިލް ނުކުރެވުނު ކަމުގައެވެ. އަދި އިޒްރޭލު ސިފައިންނަށް ޣައްޒާގައި ކުރިމަތިވެފައި ވަނީ އެއްވެސް އަމާޒެއް ނެތި އަދި އެބައި މީހުން ވަޢުދުވި އެއްވެސް ކަމެއް ޙާޞިލް ނުވެ، ލަދުވެތި ކަމާއި، ބަލިވުން ނޫން އެހެން ކަމެއް ނޫންކަމުގައެވެ.

ކުރިން ކޮށްފައިވާ އޯޑިއޯ ރިކޯޑިން ގައި އަބޫ އުބައިދާ އިތުރަށް ބުނެފައި ވަނީ ތިމަން މެން، އޮކްޓޯބަރ (2023) ވަނަ ދުވަހު އިސްރާއީލުންގެ ފަޚުރާއި، ޢިއްޒަތް 60 މިނިޓު އިރުގެ ތެރޭގައި ވެއްޔާއި މޮޑެލި ކަމަށެވެ. އެހެން ނަމަވެސް 200 ދުވަހުގެ ތެރޭގައި އިޒްރާއީލަށް ޙާޞިލު ވި އެއްވެސް ކަމެއް ނެތްކަމަށެވެ. ކުރެވުނު ހާ ވެސް ކަމަކީ ކުށެއް ނެތް 34000 އަށް ވުރެ ގިނަ މީހުން މެރުން ކަމުގައެވެ. އޭގެތެރޭގައި އަށްޑިހަ އިންސައްތަ ޝާހީދުންނަކީ ކުޑަކުދިންނާއި، އަންހެނުން ކަމުގައެވެ. އަދި އިޒްރޭލުގެ ސިފައިންނަކީ ކުޑަކުދިންނާއި، އަންހެނުން ޤަތުލުކުރާ ބައެއްކަމުގައެވެ. އަދި ޢިމާރާތްތައް ފުނޑުފުނޑުކޮށް ރަށްރަށް ސުންނާފަތި ކުރުން ކަމުގައެވެ.

މި ދިޔަ އޮކްޓޯބަރ މަހުގެ އަށް ވަނަ ދުވަހު އިޒްރޭލުން ޣައްޒާ އަށް ޙަމަލާ ދޭން ފެށީ، ޙަމާސް ނައްތާލުމަށާއި، ޣައްޒާގައި އަސީރުން މިނިވަން ކުރުމަށާއި، އިޒްރޭލަށް ރައްކާތެރިކަމާއި، ސަލާމަތް ހޯދުމުގެ ޔަޤީންކަން ހޯދުމަށް ކަމަށް ބުނެއެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް މި މަޤްޞަދު ޙާޞިލްވެފައި ނުވެއެވެ. ޙަމާސް ނައްތާލެވިފައި ނުވެއެވެ. ޣައްޒާގައި އަސީރުކޮށްފއި ތިބި އަސީރުން އެއްކޮށް، ސަލާމަތް ކުރެވިފައި ނުވެއެވެ. އިޒްރާއީލަށް ރައްކާތެރިކަމާއި، ސަލާމަތްކަން ލިބިފައި ނުވެއެވެ. ޙަމާސްގެ މުޖާހިދުން އިސްރާއީލުގެ ސިފައިންނާއި، ހަނގުރާމަކުރަމުން އެބަ ގެންދެއެވެ. އިޒްރާއީލަށް ދޭތެރެދޭތެރެއިން މިސައިލް ޙަމަލާ ދެމުން ގެންދެއެވެ. ޢަސީރުންގެ ތެރެއިން 10 މީހަކު ނޫން އެހެން ބަޔަކު ސަލާމަތްކުރެވިފައި ވެސް ނުވެއެވެ. އަދި އަސީރުންގެ ތެރެއިން މަރުވި އަސީރުންގެ ހަށިގަނޑުތައް ވެސް ފެނިފައި ނުވަތަ ލިބިފައި ވެސް ނުވެއެވެ.

މި ދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ހަތް ވަނަ ދުވަހު ޣައްޒާގެ ޖަމާޢަތްތަކުން ހިންގި ކުއްލި ޙަމަލާގައި އިޒްރޭލުގެ 1200 އަށްވުރެ ގިނަމީހުން މަރުވިކަމަށް ރެޕޯޓުކޮށްފައި ވެއެވެ. އަސީރުންގެ ގޮތުގައި ޙަމާސް އާއި، އެ ޖަމާޢަތާ ގުޅިފައިވާ ޖަމާޢަތްތަކުގެ އަތްދަށުގައި އިޒްރޭލުގެ 253 މީހުން އަސީރު ކުރެވުނެވެ.

އެ ޙަމާލަ އާ ގުޅިގެން އިޒްރޭލުން އެ މަހުގެ އަށް ވަނަ ދުވަހު ފެށި ހަނގުރާމާއިގައި މުޅި ޣައްޒާ ވަނީ ސުންނާފަތި ވެފައެވެ. އަދި 24 ހާ ހަށްވުރެ ގިނަމީހުން ޝަހީދު ވެފައެވެ. އިޒްރާއީލުގެ ސިފައިގެ ތެރެއިން ވެސް ހާ ހަކަށް ވުރެ ގިނަމީހުން މަރުވެފައި ވާކަން އިޒްރާއީޅުން އެއްބަސްވާ އިރު މުޙައްލިލުން ބުނަމުން ގެންދަނީ އެ ޢަދަދު އިތުވާނެ ކަމުގައެވެ.