ހަވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގެ ފިރިހެން ޑަބަލްސްގެ ދެވަނަ ރާއްޖޭގެ ޕެއާރ އެއް ކަމުގައިވާ, އިސްމާއީލް އަޒްމީނާއި ހަސަން ނާޒިމް ހޯދައިފިއެވެ.

މި މަހުގެ 27 ވީ ހޮނިހިރު ދުވަހު ފެށިގެން ކުރިޔަށް ދާ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގެ ދެވަނަ ދުވަހު ކުޅުނު ޑަބަލްސް އިވެންޓްގެ ފައިނަލަށް އަޒްމީނާއި ނާޒިމްގެ ޕެއާރ ދަތުރު ކުރީ, ސެމީ ފައިނަލުގައި އިންޑިއާގެ ޕެއާރ އެއް ކަމުގައިވާ ސަންދީޕް ދީވޭ އާއި ޖުގަލް ކިޝޯރު އަތުން ކުރި ހޯދައިގެންނެވެ.

ސެމީ ކާމިޔާބު ކުރި ކަމުގައިވިއަސް, ފައިނަލުގައި އިންޑިއާގެ މުހައްމަދު ޣުފްރާނާއި ޝްރީނިވާތުގެ ޕެއާރ އަތުން އަޒްމީނާއި ނިޒާމަށް ވަނީ މޮޅުވެވޭ ގޮތް ނުވެފައެވެ.

ފިރިހެން ޑަބަލްސްއާ އެއް ދުވަހެއްގައި ކުރިއަށް ދިޔަ އަންހެން ޑަބަލްސް އިވެންޓުގައި ރާއްޖޭގެ އައިމިނަތު ވިދާދާއި އައިޝަތު ނަހުފާގެ ޕެއާރ ވަނީ ސެމީއާ ހިސާބަށް ދަތުރުކޮށްފައެވެ. ނަމަވެސް ސެމީ ކާމިޔާބު ނުކުރެވި, ކުޅުނު ތިން ވަނަ ހޮވާ މެޗުގައި ލަންކާގެ ޕެއާރ އެއް ކަމުގައިވާ ޖޮސެފް ރޮޝީތާ އާއި ކަސްމިލާ ކަވިންދީ އަތުން ނަހުފާ އާއި ވިދާދާ ވަނީ ބަލިވެފައެވެ.

ރާއްޖޭގެ ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދަމުން އަންނަ ހަވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގެ ދެ އިވެންޓް މިހާރު ވަނީ ނިމިފައެވެ. އެއީ މުބާރާތުގެ ފުރަތަމަ ދުވަހު ކުރިއަށް ގެންދިޔަ ސްވިސް ލީގާއި ދެވަނަ ދުވަހު ކުރިއަށް ގެންދިޔަ ޑަބަލްސް އިވެންޓެވެ. ކެރަމް ޗެމްޕިއަންޝިޕްގައި މިއަދު ކުޅެވެމުން އަންނަނީ ޓީމް އިވެންޓެވެ.

ފޮޓޯ: ސިޑިބަރި