ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ބޭރުގެ ގައުމުތަކަށާއި، ބައިނަލްއަގްވާމީ ޖަމްއިއްޔާތައް ހިމެނޭގޮތަށް 9 ސަފީރުން މިއަދު އައްޔަނުކުރައްވައިފިއެވެ.

މިގޮތުން އައްޔަނު ކުރެއްވި ނުވަ ބޭފުޅުންނަކީ:

1. އެކުވެރި އަރަބި އިމާރާތަށް ދިވެހިރާއްޖެ އިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ކޮތަންމާގެ، އަލްފާޟިލް މުހައްމަދު ހުސައިން ޝަރީފު

2. އިނގިރޭސިވިލާތަށް ދިވެހިރާއްޖެ އިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ހ. އޯކިޑް، އަލްފާޟިލާ އިރުތިޝާމް އާދަމް

3. ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އަށް ދިވެހިރާއްޖެ އިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ފަށަލަ، ޑޮކްޓަރ ފަޟީލް ނަޖީބު

4. އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ އަށް ދިވެހިރާއްޖެ އިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ޑޮކްޓަރ އަލީ ނަސީރު މުހައްމަދު

5. ކިންގްޑަމް އޮފް ބެލްޖިއަމްއަށާއި، ޔޫރަޕިއަން ޔޫނިއަން އަށް ދިވެހިރާއްޖެ އިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ގީލާވިލާ، އަލްފާޟިލާ ގީލާ އަލީ

6. މެލޭޝިއާ އަށް ދިވެހިރާއްޖެ އިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ރުއްފުށި، ޑޮކްޓަރ މަރްޔަމް ޝަބީނާ އަހުމަދު

7. ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕްބްލިކް އޮފް ސްރީލަންކާ އަށް ދިވެހިރާއްޖެ އިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ތުޅާގިރި، އަލްފާޟިލް މަސްއޫދު އިމާދު

8. ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުކަމަށް، މ. ވިލާދަށުގެ، ޑޮކްޓަރ ސަލްމާ ރަޝީދު

9. ރިޕަބްލިކް އޮފް ސިންގަޕޫރަށް ދިވެހިރާއްޖެ އިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މއ. ދިލާސާގެ، އަލްފާޟިލް މުހައްމަދު ލުވޭޒު

މި ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.