އައްޑޫ ސިޓީގައި ކޮވިޑް 19 ފެތުރެމުންދާތީ އެކަން ހުއްޓުވުމުގެ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ވަނީ ގޭގެއަށް ޒިޔާރަތް ކުރުން މީހުންނަށް މަނާ ކޮށްފައެވެ.
މަނާ ކޮށްފައިވަނިކޮށް ގޭގެއަށްދާ މީހުން ޖޫރިމަނާ ކުރާނެ ކަމަށާއި އެކަން ކުރާނީ ފުލުހުން ކަމަށް އައްޑޫ ސިޓީގެ މޭޔަރު ޢަބްދުﷲ ސާދިގު (ސޯބެ) ވިދާޅުވިއެވެ.
ޖޫރިމަނާ ކުރަން ފަށާނީ އެއް ހާސް ރުފިޔާއިންނެވެ. ކުށް ތަކުރާރުކުރާނަމަ ފަހަރަކަށްވުރެ ފަހަރެއް ޢަދަދު ބޮޑުވެގެންދާނެއެވެ.
އެއްގެއިން އަނެއްގެއަށް މީހުން ޒިޔާރަތް ކުރުން މަނާކުރިޔަސް މީހުންދޭތޯ ނުދޭތޯ ބެލުމަށް އެއްވެސް ނިޒާމެއް ހަމަޖައްސައިފައިވާ ކަމެއް އެނގިފައެއް ނުވެއެވެ. އެހެންނަމަވެސް އެގޮތަށް ގޭގެއަށްދާ މީހުންގެ މައްސަލަ އެގެއެއްގެ މީހުންގެ ޒިންމާގެ ދަށުން ކަމާބެހޭ ފަރާތަށް ރިޕޯޓު ކުރުމަކީ މި ވަގުތަށް އެންމެ ރަނގަޅުގޮތް ކަމަށް ވެދާނެއެވެ.
ގޭގެއަށް ޒިޔާރަތް ކުރުން މަނާކުރުމުގެ އިތުރުން އެއްރަށުން އަނެއް ރަށަށް ދިއުން ވެސް އައްޑޫގައި ވަނީ މަނާކޮށްފައެވެ. އޭގެ އިތުރުން ކެފޭރެސްޓޯރެންޓުތަކާއި ގާޑިޔާތައް ވެސް ވަނީ ބަންދުކޮށްފައެވެ. އޮފީސްތައް ވެސް ބަންދުކޮށްފައެވެ. އޮފީސްތަކުން ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން ޚިދުމަތް ހޯދަންޖެހޭނީ އޮންލައިންކޮށްނެވެ.
ސޯބެ ގާތުގައި ބުނަން ބޭނުމީ މިވަގުތު ރައްޔިތުންގެ ކަށިން ދިޔަފެލާށޭ މިވަގުތު ކާއެތިކޮޅު ލިބެންއޮތީ ރައްކާތެރިކަމާއެކު އާއިލީ ތިމާގެ ގޭގެއަށް ޒިޔާރަތް ކޮށްގެން. އަވަހަށް ޖޫރީމައިނާކުރޭ. ސޯބޭ ސިކުނޑިހުރީ ރައްޔިތު މީހާ ބަނޑުހައިހޫނުގައި ބަހަށްޓަން.