މާބަނޑު އަންހެނަކަށް ގެވެށި އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މި ކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ މާ ބަނޑުމީހާއަށް އަނިޔާ ލިބިފައިވާ އާންމުންގެ ބަޔަކު ހިއްސާކުރި ފޮޓޯތައް ސޯޝަލްމީޑިއާގައި ހިއްސާކޮށްފައިވާށާއި އެ ފޮޓޯތައް ހިއްސާކުރި މިމައްސަލަ ބަލަމުންދާކަމަށެވެ.
މީގެއިތުރުން ޝިފާން ވިދާޅުވީ އެހެން މުއައްސަސާތަކާއި ގުޅިގެން މިމައްސަލަ ތަހުގީގުކުރަމުންދާކަމަށެވެ.
ނަމަވެސް މިމައްސަލައާއިބެހޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.
މި މައްސަލާގައި މާބަނޑުމީހާގެ ބައްޕަ އާއި ކޮއްކޮއަކަށް ބޮޑެތި ތުހުމަތުތަކެއްކޮށްފައިވެއެވެ.