ސިނަމާލެ ބުރިޖު މަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ރޭ ހިނގައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އެކްސިޑެންޓުގައި ކުޑަކުއްޖަކާއި ދެ މީހަކު، ޒަހަމްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.
އަދި މި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑުގައި ދުއްވަމުންދިޔަ ސައިކަލެއް އައިސް އެހެން ސައިކަލުގައި ޖެހުމުން ކަމަށް ފުލުހުން ކަމަށްވެސް ޝިފާން ވަނީ ވިދާޅުވެފައެވެ.
ޝިފާން ވިދާޅުވީ ބާރު ސްޕީޑުގައި ސައިކަލުން ދަތުރުކުރި މީހާއަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ.