ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި އޭޑީކޭ ހޮސްޕިޓަލް ގުޅިގެން އާންމުންނަށް ވެކްސިން ދޭން ފަށައިފި އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ ވެކްސިން ޖެހުން ކުރިއަށް ދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 6:00 އަށް ކަމަށެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިއީ ސަރުކާރުން ކުރިއަށް ގެންދާ ވެކްސިނޭޝަން ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން ހަމަޖެއްސި އިންތިޒާމެއް ކަމަށެވެ.

މަޖިލިސް ރައީސް ވިދާޅުވީ މަޖިލިސް އިދާރާގައި ވެކްސިން ދެމުން އަންނަނީ އެކި ކަހަލަ ބަލިތައް ހުންނަ މީހުންނަށް ކަމަށެވެ.

އިއްޔެގެ ނިޔަލައް ރާއްޖެއިން 16،251 މީހަކު ވަނީ ވެކްސިން ޖަހާފަ އެވެ. އޭގެ ތެރެއިން 13،418 މީހުންނަކީ މާލެ ސިޓީން ވެކްސިން ޖެހި މީހުންނެވެ. އަތޮޅު ތެރެއިން ވެކްސިން ޖަހާފައިވަނީ، 2،833 މީހުންނެވެ.