ޣައްޒާގައި ހިނަގަމުން ދާ ހަމަ ނުޖެހުމާ ގުޅިގެން އިންޓާނޭޝަނަލް ކްރިމިނަލް ކޯޓުން، (އައިސީސީ) އިސްރާއީލުގެ އިސް ދެ ބޭފުޅާކާއި، ފަލަޞްޠީނުގެ ތިން އޮފިޝަލުން ހައްޔަރުކުރުމަށް އަމުރެއް ހޯދުމަށް ނިންމައިފިއެވެ. މި އަމުރުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ޑިފެންސް މިނިސްޓަރު ޔޯއަވް ގަލަންޓް އިސްރާއީލުގެ ފަޅިން ހިމެނެއެވެ. އޭގެ އިތުރުން ހަމާސްގެ ތިން ލީޑަރުން ކަމުގައިވާ، ޔަހްޔާ ސިންވާރާއި މުހައްމަދު ޟައިފް އާއި، އިސްމާޢީލް ހަނިއްޔާ ހައްޔަރު ކުރުމުގެ އަމުރު ހޯދަމުންދާ ކަމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ޗީފް ޕްރޮސެކިއުޓަރު ކަރީމް ޚާން އިޢުލާންކޮށްފި އެވެ.

އައިސީސީގެ ފަނޑިޔާރުންގެ ބެންޗުންގެ ކަރީމް ޚާން މިއަދު އިޢުލާންކުރެއްވި ގޮތުގައި އެ އިދާރާއަށް ސައުތް އެފްރިކާ އިން ހުށަހަޅާފައިވާ މައްސަލާގައި އެ ކޯޓާށް ފަސް މީހަކުޙާޟިރުކުރުމުގެ އަމުރަކަށސް އެދުމަށް ނިންމާފައިވާ ކަމުގައެވެ. އެއީ ފަލަޞްޠީނުގެ ޣައްޒާގައި ޤަތުލްޢާއްމެއް ހިންގަމުން ދާ ކަމަށް ބުނެ ސައުތް އެފްރިކާ އިން ހުށަހެޅި މައްސަލައެވެ.