އިންޑިއާގެ ލަކްސްމީ ނަގަރު ސަރައްހައްދުގައި އެމިރޭޓްސްގެ ފްލައިޓެއްގައި ޖެހި 36 ގުޑަގުޑާ ދޫނި މަރުވެއްޖެއެވެ.
މުމްބާއީގެ ގަޓްކޯޕާރުގެ ޕަންޓްނަގަރުގެ ލަކްޝްމީ ނަގަރު ސަރަހައްދުގެ މަތީގައި ހޯމަ ދުވަހުގެ ރޭ 310 ފަސިންޖަރުންނާއެކު ދަތުރުކުރަމުން ދިޔަ މުމްބާއީ-ދުބާއީ އެމިރޭޓްސްގެ ފްލައިޓެއްގައި ޖެހި 36 ގުޑަގުޑާ ދޫނި މަރުވެއްޖެއެވެ. މުމްބާއީ އެއާޕޯޓުން އެޗްޓީއަށް މައުލޫމާތު ދިން ގޮތުގައި އެމިރޭޓްސްގެ ފްލައިޓެއް ކަމަށްވާ އީކޭ 508 އިން ރިޕޯޓްކޮށްފައި ވަނީ ރޭ 21:18 ހާއިރު އެ ފްލައިޓަކަށް އައިއިރު ދޫންޏެއް ޖެހިފައިވާ ކަމަށެވެ. ގެއްލުން ލިބުނު މި ފްލައިޓް ސަލާމަތުން މުމްބާއީ އެއާޕޯޓަށް ޖައްސާފައިވާއިރު، މިވަގުތު އެ ފްލައިޓް ވަނީ އެތަނަށް ގްރައުންޑްކޮށްފަ އެވެ.
އެޑިޝަނަލް ޗީފް ކޮންޒަވޭޓަރ އޮފް ފޮރެސްޓްސް (މެންގްރޯވް ޕްރޮޓެކްޝަން ސެލް) އެސްވައި ރާމާ ރާއޯ ވިދާޅުވީ މި ސަރަހައްދުން 36 ގުޑަގުޑާ ދޫނީގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި އިތުރަށް ބެލުމަށް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އޭނާ ބުނީ އެމީހުންގެ ގައިގައި ޖެހުނީ ފްލައިޓެއް ކަމަށާއި، އެކަމުގެ އަސަރު ކުރި އިތުރު ފްލެމިންގޯތައް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.