ދިވެހި ރާއްޖޭގެ އެއް ގާނޫނޭއް އެންމެ ގިނަ އިސްލާހެއް ގެނައި ގާނޫނަކަށް އިދާރީ ދާއިރާތައް ލާމަރުކަޒީގޮތުން ހިންގުމުގެ ގާނޫނު ކަމަށް ސިޓީތަކައި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްތަކާ ބެހޭ ވުޒާރާއިގެ ސްޓޭޓް މިނިސްޓަރ މޫސާ ފަތުހީ އާދަމް ވިދާޅުވެއްޖެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ މޫސާ އިތުރަށް ވިދާޅުވީ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީގޮތުން ހިންގުމުގެ ގާނުނޫނަށް 13 އަހަރު ވީއިރު 10 ފަހަރަށް އިސްލާހް ކުރަން ޖެހިއްޖެކަމަށެވެ.

އަދި އޭގެން އިނގޭ ކަމަކީ މި ނިޒާމުގެ މުހިއްމު ކަމާއި މި ނިޒާމު ރަނގަޅުކުރަން ޖެހޭ ކަމައް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން މި ނިޒާމަކީ ދިވެހިރާއްޖޭގެ ވެއްޓަށް ފޭތޭ ނިޒާމެއްތޯ ބަލާ ދައުލަތުގެ ފަރާތުން މި ނިޒާމު ރަނގަޅު ކުރުމަށް ޓަކައި ކުރިން އޮތް ނިޒާމުންނަމަވެސް ރައްޔިތުންނަށް ފައިދާހުރިގޮތެއްގައި މި ނިޒާމުން ހޯދޭނެ މަގެއް ހޯދަން ޖެހޭ ކަމަށްވެސް އެމަނިކުފާނުވިދާޅުވިއެވެ