މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ޕްލެޔަރ މެސްކޮޓެއްގެ ގޮތުގައި ދަނޑަށް އެރުމުގެ ފުރުސަތު އިބްރާހިމް ޒާއިން ޒިޔާދަށް ލިބިއްޖެއެވެ.

ޒާއިންއަށް މި ފުރުސަތު ލިބިގެންދިޔައީ މިފަހަރު ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މާސްޓަރކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހުޅުވާލި ޗެމްޕިއަންސް ލީގު ބަލާލަން ދެވޭ، ޚާއްސަ ޕްރޮމޯޝަންގެ އިނާމު ލިބޭ ފަރާތެއްގެ ގޮތުގައި އޭނާގެ ބޭބެ މުހައްމަދު މުހުދިން ހޮވުމުންނެވެ. މި ޕްރޮމޯޝަންގައި ހިމެނޭ އެންމެ މުހިންމު އެއްބައިކަމުގައިވާ ފައިނަލް މެޗުގެ ޕްލޭޔަރ މެސްކޮޓްގެ ދަށުން ދަނޑަށް އެރުމުގެ ފުރުސަތު ވެސް ޒާއިންއަށް ވަނީ ލިބިފައެވެ.

މި ޕްރޮމޯޝަންގެ ދަށުން ބީއެމްއެލްއިން ވަނީ މުހުދިންއާއި އޭނާގެ ކޮށްކޮ ޒާއިންއަށް ލަންޑަނުގައި ހަތަރު ދުވަހު އުޅެވޭނެ ގޮތް ހަމަޖައްސައި ދީފައެވެ. މިގޮތުން ލަންޑަން ދެކޮޅު ޓިކެޓް، އެކޮމޮޑޭޝަން، ޔޫއެފާ ޗެމްޕިއަންސް ލީގް ފައިނަލް މެޗުގެ ދެކޮޅު ޓިކެޓް، ޕޮކެޓް މަނީ އަދި ވެލްކަމް ގިފްޓެއް ބީއެމްއެލްއިން ދޭނެއެވެ.

މި ޕްރޮމޯޝަންގައި މާސްޓާކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑު ބޭނުންކޮށްގެން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނުނެވެ.މާސްޓަކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރެވެ.