މަކަރާ ހީލަތުން ފައިސާ ހޯދިކަމުގެ ތުހުމަތުގައި މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހޯދަމުން ދަނީ 36 އަހަރުގެ ތ. ގުރައިދޫ / ވިނަރެސް އަހްމަދް ޝާހީން ނަމަކަށް ކިޔުނު ފިރިހެނެކެވެ.
ފުލުހުން ހާމަކުރި ގޮތުގައި ގއ. ދާންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާ ހީލަތުން ފައިސާ ހޯދުކަމުގެ މައްސަލައެއްގައި ތުހުމަތުކޮށްފައިވާ ޝާހިން ދިރިއުޅޭ ތަނެއް ނޭނގޭތީ ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައިނުވާ ކަމަށެވެ. އެހެންކަމުން ފުލުހުން ވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމަށް އަމަލުކުރާ އިޖުރައާތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އިއުލާނުކޮށްފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި ޝާހީން ހާޒިރުވާން ޖެހެނީ މެއި 30 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ގއ. ދާންދޫ ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށެވެ.