ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މަންމާފުޅު ފާތިމަތު ހަސަން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ. ރައީސް ޔާމީންގެ މަންމާފުޅު ދިރިއުޅުއްވަނީ ދަރިކަނބަލުން މުސްލިމާ އަބްދުލް ގައްޔޫމްގެ އަރިހު ސްރީކަލްކާގަ އެވެ.

އުމުރުފުޅުން 83 އަހަރުގެ އެކަމަނާ އަށް މީގެކުރިން ވެސް ވަނީ ހާލުކޮޅު ދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދީފަ އެވެ.

ރައީސް ޔާމީންގެ މަންމާފުޅަކީ ނ. ވެލިދުއަށް ނިސްބަތްވާ ބޭފުޅެވެ. އެކަމަނާގެ ސިއްހީ ހާލަތާ ގުޅޭ ތަފްސީލެއް އަދި ނުލިބެއެވެ.

މަންމާފުޅު ކޮވިޑްގައި ފަރުވާ ހޯއްދަވަމުންދާއިރު، ރައީސް ޔާމީން އޮންނެވީ މަނީލޯންޑަރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށްލުމަށް ކުރި ހުކުމަކާ ގުޅިގެން ޖަލުގަ އެވެ.