މާލެއިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އިއްޔެ ގެއްލިގެން ހޯދަމުން ދިޔަ އަންހެން ކުއްޖަކީ ނައިޓްރޯސް، އާއިޝަތު ޒޯޔާ ފިކުރީ (14އ) އެވެ.

ފުލުހުން މިއަދު ބުނީ ޒޯޔާ ފެނިފައިވަނީ މާލެއިން ކަމަށާއި އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.

އަދި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަންޖެހޭ ކަންކަންދަނީ ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ޒޯޔާ ގެއްލިގެން ރިޕޯޓް ކޮށްފައިވަނީ އާއިލާއަށް ހަބަރެއް ނުވުމުން ކަމަށާއި އަދި އޭނާ އެންމެ ފަހުން ފެނިފައިވަނީ، މި މަހުގެ 21 ވަނަ ދުވަހު ކަމަށާއި، އޭނާ ދިރިއުޅޭ ގެއިން ކަމަށްވެސް ފުލުހުން އިއްޔެ ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.