ރިހާން ޝިހާމް ފެތުމުގެ ގައުމީ ރެކޯޑެއް އާކޮށްފިއެވެ.

ރިހާން އާ ކުރި ރެކޯޑަކީ ފިރިހެނުންގެ ލޯންގް ކޯސް 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ރިކޯޑެވެ. ރިހާން މި ރިކޯޑު އާ ކުރީ މިހާރު މެލޭޝިއާގައި ކުރިއަށްދާ 66 ވަނަ މެލޭޝިއާ އޯޕަން ސްވިމިން ޗެމްޕިއަންޝިޕްގައެވެ.

ރިހާން މި ގައުމީ ރެކޯޑު އާ ކުރީ 02:22:07 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. 100 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ އެންމެ ފަހުގެ ރިކޯޑަކީ 02:23:69 އެކެވެ. މި ރިކޯޑަކީ 2022 ވަނަ އަހަރު ބޭއްވުނު ކޮމަންވެލްތު ގޭމްސްގައި މުބާލް އައްޒާމް އިބްރާހީމް ހެދި ރިކޯޑެކެވެ.

ރިހާން ރާއްޖޭގެ ގައުމީ ރިކޯޑެއް އާ ކޮށްފައިވާއިރު މި މޮޅު ފެތުމާއެކު އޭނާ ވަނީ އެ އިވެންޓުގެ ފައިނަލް ސީ އަށް ވެސް ދަތުރުކޮށްފައިކަން ފާހަގަކޮށްލަން ޖެހެއެވެ.