މުހައްމަދު އާން ހުސައިން ފެތުމުގެ ގައުމީ ރިކޯޑެއް އާކޮށްފިއެވެ.

އާން އާކުރި ރިކޯޑަކީ ފިރިހެނުންގެ ލޯންގް ކޯސް 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑެވެ. އާން މި ރިކޯޑު އާކުރީ, މެލޭޝިއާގައި މިހާރު ކުރިއަށްދާ މެލޭޝިއާ އޯޕަން ސްވިމިން ޗެމްޕިއަންޝިޕްގައެވެ.

އާން, ފިރިހެނުންގެ ލޯންގް ކޯސް 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ރިކޯޑު އާކުރީ 00:24:28 އިން ރޭސް ނިންމައިގެންނެވެ. އާން މި ރިކޯޑު އާކުރި އިރު ފާހަގަކޮށްލަން ޖެހޭ ކަމަކީ މި އިވެންޓުގެ އެންމެ ފަހުގެ ގައުމީ ރިކޯޑު އޮތީ އާން އަތުގައިކަމެވެ. އެއީ 2022 ވަނަ އަހަރު އޭނާ 00:24:34 އިން މި އިވެންޓުގެ ރޭސް ނިންމައިގެންނެވެ. އާން މި ރިކޯޑު އާކޮށްފައި މި ވަނީ އެންމެ 6 މިލިސިކުންތުގެ ތަފާތަކުންނެވެ.

އާން މި އިވެންޓުގައި ދެއްކި މޮޅު ފެތުމުން އޭނާ ވަނީ މި އިވެންޓުން ފައިނަލް ބީ އާށް ދަތުރުކޮށްފައިކަން ފާހަގަކޮށްލަން ޖެހެއެވެ.