މަހުގެ ތާޒާކަން ދެމެހެއްޓުމަށްޓަކައި މަސްދޯނިފަހަރުގެ ޑިޒައިނަށް ބަދަލު ގެންނަން ޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ މިއަދު އެ މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މަހުގެ ތާޒާކަން ގެއްލުމުގެ ސަބަބުން ބޭރު ގައުމުތަކުން މަސް ގަންނަ އަގު ދައްވާ ކަމަށެވެ. އަދި މަހަަށް ލިބިފައި ހުންނަ އަނިޔާއެއްގެ ސަބަބުން މުޅި މަސް ގަންނަން އިންކާރު ކުރާ ފަހަރުވެސް އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރ ޝިޔާމް ވިދާޅުވި ގޮތުގައި މިހެން މިކަން ދިމާވާ ސަބަބަކީ މަސްވެރިން މަސްގެންގުޅޭ ގޮތް ކަމަށެވެ. އަދި މިކަން ހައްލު ކުރުމަށް މަސްދޯނިފަަހަރުގެ ޑިޒައިނަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.