ތޫފާން ރެމާލް، އިންޑިއާގެ އިރުއުތުރުގެ ސްޓޭޓްތައް މިއަދު އަރާނެ ކަމަށް ލަފާކޮށް ސްޓޭޓްތައް ހައި އެލާޓްއަށް ގެނެސްފިއެވެ.

އައްސާމާއި އެހެނިހެން ބައެއް ސްޓޭޓްތަކުގެ ސަރުކާރުން ވަނީ އެޑްވައިޒަރީތައް ނެރެ، ނޭޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސް އާއި ސްޓޭޓް ޑިޒާސްޓާ ރެސްޕޮންސް ފޯސަތައް މޮބިލައިޒްކޮށްފައެވެ.

އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (އައިއެމްޑީ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރިެމާލް ވަނީ ވެސްޓް ބެންގާލްގެ ސަގަރް އައިލެންޑާއި ބަންގްލަދޭޝްގެ ކެޕޫޕަރާ އާ ދެމެދުވާ ހިސާބަށް މިހާރު ވަދެފައެވެ. އަދި ތޫފާނުގައި ގަޑިއަކު 135 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހޭކަމަށްވެސް ރިޕޯޓުކުރެެވެ.

މިމަހުގެ 27 އަދި 28 ވަނަ ދުވަހު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ތައްޔާރުވަމުންނެވެ. އާސާމްއިން ބައެއް ޑިސްޓްރިކްޓްތަކަށް އޮރެންޖް އެލާޓް ނެރެފައިވާއިރު ޗިރާންގް، ގޯލްޕަރާ އަދި އެހެނިހެން ޑިސްޓްރިކްޓްތަކަށް ރެޑް އެލާޓް ނެރެފައެވެ.

ޓްރިޕޫރާއިން ވަނީ ތައުލީމީ މަރުކަޒުތައް ބަންދުކޮށް ކޮލްކަތާ-އަގަރްތަލާ ރޫޓުގެ ދަތުރުތައް މެދުކަނޑާލާފައެވެ.

މިއީ އަރަބި ބަހުން "ރެމާލް" ނުވަތަ ވެލީގެ ނަމުން ނަންދީފައިވާ ބޭ އޮފް ބެންގާލްގައި ހުޅަނގު މޫސުމުގެ ކުރިން އުފެދުނު ފުރަތަމަ ތޫފާނެވެ.