އިދިކޮޅު ކޮންގްރެސްގެ ޕްރިޔަންކާ ގާނދީ ވިދާޅުވީ ޔޫޕީގެ ހަރުކަށި ޗީފް މިނިސްޓަރ ޔޯގީ އަދިތްޔަނާތު މިކަމަށް ޒިންމާވާން ޖެހޭނެ ކަމަށެވެ.

ބޮލީވުޑްގައި ބުނަމުން ގެންދަނީ މިމީހުން ދަންޖައްސަން ޖެހޭނެ ކަމަށެވެ.

މި މައްސަލާގައި ހިމެނޭ ކަންކަން:

  • ރޭޕްކޮށް މަރާލާފައި ވަނީ 19 އަހަރުގެ އަންހެން ކުއްޖެއް.
  • ކުއްޖާއަކީ އެންމެ ދަށު ފަންތީގެ ކުއްޖެއް.
  • އޭނާ ރޭޕް ކުރި ހަތަރު މީހުންނަކީ، އެންމެ މަތީ ފަންތީގެ ހަތަރު މީހުން.
  • އޭނާ ރޭޕް ކުރީ މަންމައާއެކު ދަނޑަށް ގޮސް ވިނަ ކޮށަން އިންދައި.
  • ރޭޕް ކުރުމުގައި ނުވަތަ އޭގެ ފަހުން އޭނާގެ ދޫބުރިކޮށްލި. އޭނާގެ ކަނދުރާ ބިންދާލި. ކަރަށް ފިއްތާލާއި ވެސް ހުރި.
  • އޭނާ އެއްލާފައި އޮތްވާ ފެނިގެން ދިއްލީ ހަސްފަތާލަކަށް ގެންދިޔައީ 14 ސެޕްޓެމްބަރުގައި.
  • އިއްޔެ މަރުވެގެން ރޭ އަންދާލާފައިވެއެވެ.

މި ހާދިސާ މިހިނގީ ގޭންގް ރޭޕެއްގައި އުޅުނު ބަޔަކު ދަންޖައްސާ މަރާލިތާ މާގިނަ ދުވަހެއް ނުވަނީހެވެ.

ކާކު ކީކޭ ބުނީ:

  • ޕްރިޔާންކާ ގާނދީ: ޔޫޕީގައި އަންހެނުންނަށް ރައްކާތެރިކަމެއް ނެތް. ފާޅުގައި ތިބެގެން މީހުން މިހިރަގެން ޖަރީމާތައް ހިންގާލަނީ. މިކަންކަމަށް ޔޯގީ ޒިންމާވާން ޖެހޭނެ.
  • ފަރްހާން އަޚްތަރު: ހިތާމަވެރި ދުވަހެއް. މިހެން ދާނީ ކިހާ ދުވަހެއް ވަންދެން.
  • އަކްޝޭ ކުމާރު: ލަދު ހުރި. ހިތާމަ ހުރި. އިންސާނިއްޔަތު ކަމެއް ނެތް ބަލި މުޖުތަމައެއް.

މި ޖަރީމާ ހިންގި ހަތަރު މީހުން ވަނީ ހައްޔަރުކޮށްފައެވެ. މިމީހުންގެ މައްޗަށް މީހަކު މަރާލި ކަމުގެ ދައުވާ ވެސް ކުރެވޭނެއެވެ. އުއްތުރަ ޕްރަދޭޝްއަކީ އަންހެނުންނަށް ނުރައްކާތެރި ފިރިހެނުން ބިރަކާ ނުލައި އަންހެނުން ރޭޕްކޮށްލާ ތަނެކެވެ. ގިނައިން މިކަން ކުރަނީ މަތީ ފަންތީގެ މީހުންނެވެ. މަޝްހޫރު ފުލާން ދޭވީގެ ހާދިސާއަކީވެސް މީގެ ބައެކެވެ.