ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މި ދިރާސީ އަހަރަށް ބޭނުންވާ ފޮތްތައް އަތޮޅުތަކަށް ފޯރުކޮށްދިނުމަށް ދަތިތަކެއް ދިމާވުމާގުޅިގެން އަލުން ދަރިވަރުންނަށް ބޭނުންވާ ފޮތްތައް އެ އަތޮޅުތަކަށް ގެންދިއުމުގެ މަސައްކަތް ފަށާ ނިއްމާއިލައިފި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ފުލުހުންގެ ޕޯސްޓްގައި އިތުރަށް ބުނީ އެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމައިލާފައިވާ ކަމަށާއި، ފުލުހުން އަބަދުވެސް ތިބޭނީ ދިވެހި ރައްޔިތުންގެ ހިދުމަތުގައި ކަމުގައި ކަމަށެވެ.

އެގޮތުން އަތޮޅުތަކަށް ފޮތް ފޯރުކޮށްދިނުމަށް ހަތް އަތޮޅަށް 2،194 ފޮށިގަޑު ފޯރުކޮށް ދީފައިވާކަމަށާއި އެއީ 26.3 ޓަނުގެ ފޮތް ކަމަށްވެސް ފުލުހުން ބުންޏެވެ.

މި ކަމާގުޅިހެން އެޑިއުކޭޝަން މިނިސްޓަރ ޝަފީއު ޕީއެސްއެމް މީޑިއާގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ފޮތް ފޯރުކޮށްދިނުން އެންމެ ލަސް ވަނީ ދެކުނުގެ ރަށްތަކަށް ކަމަށާއި، އެރަށްތަކަށްވެސް މިއަދު އެންމެ ލަސްވެގެން ފޮތްތައް ލިބޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން އިއްޔެ ފެށިއިރު ސްކޫލުތަކުގައި 96،000 ދަރިވަރުން ތައުލީމު ހާސިލު ކުރާނެއެވެ.