އިޒްރޭލުން ޣައްޒާގެ ރަފާހުގައި ހުރި ރެފިއުޖީ ކޭންޕަކަށް ހަމަލާދީ 40 އެއްހާ މީހުން ޝަހީދު ކޮށްލައިފިއެެވެ.

ޣައްޒާގެ ބްރިކްސް ކޭންޕަށް އިޒަްރޭލުން ހަމަލާދީފައިވަނީ ރޭ 9 ޖަހާކަށް ހާއިރެއެވެ. އިޒްރޭލުން ވަނީ އެ ކޭންޕަށް މަދުވެގެން 8 ވަރަކަށް މިސައިލުން ހަމަލާދީފައެވެ. އަލްޖަޒީރާގެ ސަނަދު ފެކްޓް ޗެކިން އެޖެންސީން ބުނީ ހަމަލާތައް އަމާޒުކޮށްފައި ވަނީ ރަފާހު ސިޓީގެ ހުޅަނގުން އޮންނަ ބްރިކްސް ކޭމްޕަށް ކަމަށެވެ. މެއި މަހުގެ 24 ވަނަ ދުވަހު ނަގާފައިވާ ވައިގެ ފޮޓޯއަކުން ފެންނަ ގޮތުގައި އެ ސަރަހައްދުގައި އެތައް ސަތޭކަ ޓެންޓެއް ހުރިއިރު، އެ ސަރަހައްދު އޮތީ ޔޫއެންއާރުޑަބްލިއުއޭގެ ގުދަނަކާ ކައިރީގަ އެވެ.

އިޒްރޭލުން ޣާއްޒާއަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރުވަނީ 36،000 އާ ވަރަށް ގާތްވެފައެވެ. ޝަހީދުވި މީހުންގެ ތެރެއިން 15،000 މީހުންނަކީ ކުޑަކުދިންނެވެ. އަދި މިހަމަލާތަކުގައި 80،000 އަށް ވުރެގިނަ މީހުން މިހާރު ވަނީ ޒަހަމްވެފައެވެ.