ހުޅުމާލޭ ޖަލުން ބިދޭސީއަކު ފިލާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހާމަކޮށްފި އެވެ.

ކަރެކްޝަނަލް ސާވިސް އިން ވިދާޅުވީ އިމިގްރޭޝަން ގާނޫނާ ޚިލާފުވެގެން ރާއްޖެއިން ބޭރަށް ފުރުވާލެވެންދެން ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަހައްޓާފައި ހުރި ބިދޭސީއަކު ފިލާފައިވާ ކަމަށެވެ.

ކަރެކްޝަންސް އިން ވިދާޅުވިގޮތުގައި ފިލާފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ އަސަނާ ކިޔާ މީހެކެވެ. އޭނާ އާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ކަރެކްޝަނަލް ސާވިސްގެ ނަންބަރު 9886125 އަށް ރިޕޯޓުކުރުމަށް އެ ސާވިސް އިން ވަނީ އެދިވަޑައިގެންފަ އެވެ.

އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން އަންނަނީ ކުރަމުންނެވެ.

ފިލާފައި ވަނީ ކޮވިޑަށް ފައްސިވެފައިވާ މީހެއް ނޫން ކަމަށް ވެސް ކަރެކްޝަންސް އިން ވިދާޅުވި އެވެ.