ފްރާންސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖޯން-ފްރަންސުއާ ޕަކްތެތް އަވަހާރަވުމާ ގުޅިގެން ފަރަންސޭސިވިލާގެ ރައީސް އެމަނުއެލް މެކްރޮންއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް ފޮނުއްވި މެސެޖުގައި، ސަފީރު ޕެކްޓޭއަކީ ދިވެހިރާއްޖެއާއި ފަރަންސޭސިވިލާތާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކެނޑިނޭޅި މަސައްކަތް ކުރެއްވި އިއްޒަތްތެރި ޑިޕްލޮމެޓެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އަދި އެމްބެސެޑަރ ޕެކްޓޭގެ ހިދުމަތުގެ އަގު އަބަދުވެސް ވަޒަންކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ ސަފީރު ޖޯން-ފްރަންސުއާގެ އާއިލާއާ އެގައުމުގެ ރައްޔިތުންނަށް ދިވެހިސަރުކާރާ ރައްޔިތުންގެ ނަމުގައި ތައުޒިޔާ ވިދާޅުވަމުންނެވެ.