ސަޢޫދީ ޢަރަބިއްޔާއިން ސޫރިޔާގެ އާ ސަފީރުކަމަށް ފައިސަލް އަލް މުޖުފެލް ޢައްޔަންކުރައްވާފައިވާކަމަށް ސަޢޫދީ ޕްރެސް އެޖެންސީން (އެސްޕީއޭ) ބުނެފިއެވެ.

"އިއްޒަތްތެރި ސަފީރު، ސީރިއަން އަރަބް ރިޕަބްލިކްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް އައްޔަން ކުރެއްވުމުގެ މުނާސަބަތުގައި ވެރިކަމަށް ޝުކުރު ދަންނަވަން،" އެސްޕީއޭ އިން ބުންޏެވެ.

އަލް މުޖުފެލް އަކީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު 2012 ވަނަ އަހަރު ދިމިޝްގުގައި ހުންނަ ސައުދީ އެމްބަސީ ބަންދުކުރި ފަހުން ދިމިޝްގަށް ސައުދީން ކަނޑައަޅުއްވާ ފުރަތަމަ ސަފީރެވެ.

ސޫރިޔާއިން ސައުދީ ވެރިރަށް ރިޔާދުގައި ހުންނަ ސޫރިޔާގެ އެމްބަސީ މިދިޔަ އަހަރު އަލުން ހުޅުވައި އާ ސަފީރަކު އައްޔަން ކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.