މިއަދު ހުވައިކުރައްވާ މަގާމާ ހަވާލުވެވަޑައިގެންނެވި 20 ވަނަ ރައްޔިތުން މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފިއެވެ.

ރައީސް މަރުހަބާ ދެންނެވީ މިއަދު މީސްމީޑިޔާ މަންސައެއްކަމަށްވާ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނުގެ މި ޕޯސްޓުގައި، ރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި މިހާތަނަށް ދެކޭ އެންމެ ޒިންމާދާރު، އެންމެ އިތުބާރުހުރި ޤައުމާއި ރައްޔިތުންނަށް އެންމެ މަންފާހުރި ގޮތުގައި ކަންކަން ނިންމާ މަޖިލީހަށް މި ފަހަރު މަޖިލިސް ވެގެންދާނެ ކަމަށް އުންމީދުކުރައްވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.