މަޖިލީހުގެ އެހީތެރިކަމާއެކު ދެން ފެންނާނީ މުއިއްޒު ސްްޕީޑުގައި ގައުމު ތަރައްގީ ވެގެންދާ ތަން ކަމަށް ދިވެހިރާއްޖޭގެ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ މިއަދު އެމަނިކުފާޏުގެ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި އެމަނިކުފާނު ވަނީ މަޖިލީހުގެ އައު ދައުރުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަށް މަރުހަބާ ވިދާޅުވެފައެވެ. މިނިސްޓާރު ވިދާޅުވީ މި ފެށިގެންދަނީ މިޖީލު ދަންނަ ތަހުޒީބު މަޖިލީހެއް ކަމަށެވެ. އަދި އައު މަޖިލީހުގެ އެހީތެރިކަމާއެކު ދިވެހިރާއްޖެ މުއިއްޒުސްޕީޑުގައި ކުރިއަރައިގެން ދާޏެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.