މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 879،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް 879،885 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި 794،061 ފަތުރުވެރިންނާ އަޅާބަލާއިރު 10.8 ޕަސެންޓް އިތުރު އަދަދެކެވެ.

އެންމެ ގިނަ އިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމަކީ ޗައިނާއެވެ. އެ ގައުމުން 98،908 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، މިއީ ޖުމްލަ ޓޫރިސްޓުންގެ 11.2 ޕަސެންޓެވެ. ރަޝިއާއިން 88،585 ފަތުރުވެރިން ޒިޔާރަތްކޮއްފަިވއެވެ. މިއީ ޖުމްލަ ޓޫރިސްޓުންގެ 10.1 ޕަސެންޓެވެ.

ދެން އެންމެ ގިނައިން ޒިޔާތަތްކޮއްފައިވަނީ އިނގިރޭސިވިލާތުގެ ފަތުރުވެރިންނެވެ. އެގައުމުން 83،871 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މީގެ އިތުރުން އިޓަލީން 74،805 ފަތުރުވެރިން އަދި ގަރުމަނުން 71،473 ފަތުރުވެރިން ޒިޔާރަތްކޮށްފަިވާއިރު، އިންޑިއާއިން 51،945 ފިތުރުވެރިން ޒިޔާރަތްކޮއްފައިވެއެވެ.