މ. ކޮޅުފުށި މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ.

ކޮޅުފުށިން ކޮވިޑް ކޭސްތަކެއް ފެނި އެރަށް މޮނީޓަރިންއަށް ލާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ. އެއީ އެރަށުން މާލެ އައި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އޭނާއާ ބައްދަލުވި ފަރާތްތަކުގެ ޓެސްޓު ހަދައި، އޭގެ ތެރެއިން ބަޔަކު ޕޮޒިޓިވް ވުމުންނެވެ.

ކޮޅުފުށީ ކްލަސްޓާ އިން 33 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އެޗްޕީއޭ އިން މިއަދު ބުނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނީޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތް ކަމަށެވެ.